06 Sep 2012, 13:30
އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަރަމަންޓަލް އެވައަރނަސް ސޮސައިޓީ (އައިޑިއާސް) ގެ ފަރާތުން ކެލާގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް އާލާކޮށް ދިރުވުމުގެ ގޮތުން ފުޓްސަލް މުބާރާތެއް މާދަމާ ފެށުމަށް ނިންމައިފިއެވެ.
ޖުމްލަ ދެ ގްރޫޕަކަށް ބަހާލައިގެން، ކޮންމެ ގްރޫޕެއްގައި ވެސް ހަތަރު ޓީމް ހިމެނޭ ގޮތައް ބާއްވާ މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ އެކުވެނި ސްޓޭޑިއަމްގައެވެ.
ލީގު އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ގްރޫޕް އޭ ފަޅިން ވާދަކުރާ ޓީމް ތަކަކީ އެފްސީ ކައްޑެވި އާއި އެފްސީ ވަސްމީރު ކެލާ، އެފްސީ ކެލަޔަން އަދި އެފްސީ ލެވެރަންއެވެ. އަދި ގްރޫޕް ދޭއްގައި ހިމެނޭ ޓީމް ތަކަކީ އެފްސީ އެކުޑި ބަކުޑި، އެފްސީ ލަގަނާ، އެފްސީ ޖަޒްބާތް އަދި އަލް ރައްޔާން އެފްސީ އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000ރ. ގެ ފައިސާގެ އިނާމާއި ވާދައިގެ ތަށި ހުށަހަޅައިފައި ވާއިރު ރަނަރަޕް ޓީމަށް 1500ރ. ވަނީ ހުށަހަޅައިފައެވެ.
މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ކުޅުން މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.