06 Sep 2012, 13:14
މިނިވަން ދުވަހުގެ ކުޅިވަރުތައް ބާއްވަން ގަލޮޅު ދަނޑު ޔޫތު މިނިސްޓްރީން ނެގުމުން މިމަހުގެ 13 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދިވެހި ލީގް ކޮލިފިކޭޝަންގެ ފެށުން މިމަހުގެ 15 އަށް ލަސްވެއްޖެ އެވެ.
ދިވެހި ލީގް ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި މިމަހުގެ 15 ވަނަ ދުވަހު ކުލަބް ވެލެންސިޔާއާ ދެކޮޅަށް ނުކުންނާނީ ދެ ވަނަ ޑިވިޒަންގެ ރަނަރަޕް ޔުނައިޓެޑް ވިކްޓަރީއެވެ. މިމެޗް ކުޅޭނީ މިމަހުގެ ވަނަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު އެވެ.
ޖުމްލަ ހަތަރު ޓީމް ވާދަކުރާ މިމުބާރާތުގެ ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ދެ ވަނަ ޑިވިޒަންގެ ޗެމްޕިއަން ބީޖީ ސްޕޯޓްސް ކުލަބާއި ވިޔަންސާ އެވެ. މިމެޗް ކުޅޭނީ މިމަހުގެ ވަނަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު އެވެ.
މިފަހަރުގެ ދިވެހި ލީގުގެ ކޮލިފިކޭޝަންގެ ހުރިހާ މެޗެއް ވެސް ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ކުރިން ސެޑިއުލް ރޭވިފައިވާ ގޮތުން ބައެއް މެޗްތައް ރޭގަނޑު ކުޅޭ ގޮތަށެވެ. އެހެން ނަމަވެސް މިއަދު އެފްއޭއެމްއިން ނެރުނު އާސެޑިއުލްގައި ވަނީ ދިވެހި ލީގް ކޮލިފިކޭޝަންގެ ހުރިހާ މެޗެއް ވެސް ހަވީރު 4:00 ޖަހާއިރު ކުޅޭ ގޮތަށެވެ.
މިމުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ދިވެހި ލީގަށް ކޮލިފައިވާނެ އެވެ.