ފެބްރުއަރީ ހަވަނަ ދުވަހާއި ހަތް ވަނަ ދުވަހު ފުލުހުން ގާނޫނާ ގަވައިދާ ހިލާފަށް އަމަލުކޮށްފައިވޭތޯ ބެލުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ކުރި ތަހުގީގް ރިޕޯޓް މިއަދު އާންމުކޮށްފި އެވެ.

އެ ކޮމިޝަނުން ބުނީ އެރިޕޯޓް މިހާރު ރައީސް ޖުމްހޫރިއްޔާއަށާއި ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުރުން ހޯމްމިނިސްޓުރީއަށް ވެސް ފޮނުވާފައިވާނެ ކަމަށެވެ. މީގެ އިތުރުން ޕީއައިސީގެ ވެބްސައިޓްގައި ވެސް ރިޕޯޓް ވަނީ ޝާއިއުކޮށްފަ އެވެ.

އެ ރިޕޯޓް ޕީއައިސީން އާންމުކޮށްފައިވާއިރު އެކޮމިޝަނުން މިހާރުވެސް އަންނަނީ ފެބުރުއަރީ 8 ވަނަ ދުވަހު ރާއްޖޭގެއެކި ކަންކޮޅުތަކުގައި ކުރި މުޒާހަރާތަކާގުޅިގެން ފުލުހުން އަމަލުކުރިގޮތް ތަހުގީގް ކުރަމުންނެވެ. އަދި މިހާރު އެތަހުގީގް ވަނީ ނިމުމަކާ ހިސާބުގައި ކަމަށާއި ވަރަށް އަވަހަށް އެ ރިޕޯޓް ވެސް އާންމުކުރެވޭނެ ކަމަށް ޕީއައިސީން މިއަދު ބުންޏެވެ.