06 Sep 2012, 11:10
ގެއެއްގެތެރޭގައި ބަނގުރާ ކައްކަމުންދިޔަ ތިން ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މ. ކުނޑިގޭގައި ބިދޭސީންތަކެއް ބަނގުރާ ގެންގުޅޭ ކަމަށް މަޢުލޫމާތު ލިބުމުން ރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނަކާއި 48 އަހަރުގެ ފިރިހެނަކާއި 46 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ތިން މީހުންނަކީ ވެސް އިންޑިޔާ މީހުން ކަމަށެވެ.
ތިން މީހުންގެ ތެރެއިން 24 އަހަރުގެ މީހާއާއި 48 އަހަރުގެ މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ވަދެއެވެ. ފުލުހުން ކުނޑިގެއަށް ވަންއިރު އެ ދެމީހުން ތިބީ އެގޭގެ ކޮޓަރިއެއްގެ ތެރޭގައި ބަނގުރާ ކައްކާށެވެ. ފުލުހުން ބުނީ އެ ކޮޓަރި ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ލީޓަރުގެ ދެ ހަމާއި ޓައްޕަކާއި ބަނގުރާ ކައްކަން ބޭނުންކުރާ ބައެއް އާލާތްތައް ފެނުނު ކަމަށެވެ.
އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ކުނޑިގޭގެ އެހެން ކޮޓަރިއެއްގެ ތެރެއިންނެވެ. އެމީހާ ހުރި ކޮޓަރި ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުވާ އެއްޗެއް ހުރި ފަސް ލީޓަރުގެ ލައިފް ފުޅިއެއް ފުލުހުން ވަނީ ހޯދައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތިން މީހުން ހައްޔަރު ކުރި ކުނޑިގެއަކީ ބިދޭސީންނަށް ކުއްޔަށްދީފައި ހުރި ގެއެއް ކަމަށާއި އޭގޭގައި އެވަގުތު ތިބީ ހައްޔަރުކުރި ތިން މީޙުން އެކަނި ކަމަށެވެ.