06 Sep 2012, 09:49
މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ހަތް މީހެއްގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 26 އަދި 27 ގަ އެވެ.
ފުލުހުން ބުނީ އޮގަސްޓް 26 ވަނަ ދުވަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ހައްޔަރު ކުރި މާލެ، ދަފްތަރު، ނަޒުމް އާދަމް 23، އާއި ޖެނުއަރީ 30 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކުރި ވ. ސެޓެލައިޓް، މުހައްމަދު ނަޢީމް 29، އާއި 2008 ފެބްރުއަރީ 21 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރު ކުރި ސ. މަރަދޫފޭދޫ ސެވެންއެންޑްބީ، މުޙައްމަދު ޢަލީ 48،ގެ އިތުރުން 2008 އޮކްޓޯބަރު 12 ވަނަދުވަހު ހައްޔަރުކުރި ހދ. ކުޅުދުއްފުށި ލީބިޔާ، ޢަބްދުއްރަޙީމް ޢަލީ 31، ގެ މައްސަލައެވެ.
އެ ހަތަރު މީހުންގެ އިތުރުން އޮގަސްޓް 27 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ މައްސަލަތަކުގައި ހިމެނެނީ 2011 ޑިސެމްބަރު 9 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރު ކުރި ލ. ގަން ތުނޑި، ރަހީމީއާބާދު، ޢަބްދުލްމަންނާނު ޢަބްދުއްރަޙީމް 20، އާއި 2011 އޮކްޓޯބަރު 29 ވަނަ ދުވަހު ހައްޔަރުކުރި ހއ. ބާރަށް ކާނޭޝަންވިޔު، ޢަބްދުﷲ ފަސީހް 24، އާއި ގދ. ތިނަދޫ ފުލޫނިޔާގެ، އިބްރާހީމް ޢަފީފް 35،ގެ މައްސަލަ އެވެ.