05 Sep 2012, 14:44
ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައިއިދާރާ "ފީފާ"އިން މިއަދު އިއުލާންކުރި "ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުން ދެދަރަޖައިގެ ކުރިއެރުމަކާއެކު ދެކުނުއޭޝިޔާ ސަރަހައްދުގެ އެއް ވަނަ ދިވެހިރާއްޖެ އަނެއްކާވެސް ހޯދައިފި އެވެ.
މިއަދު ފީފާއިން އިއުލާން ކުރި ރޭންކިން ލިސްޓަށް ބަލާއިރު، މިސަރަހައްދުގެ އެއްވަނަ ދިވެހި ރާއްޖެއަށް ލިބުނުއިރު، ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ 159 ވަނަ އިގައެވެ.
ސަރަހައްދުން ދެވަނަ ލިބިފައިވަނީ އަފްގާނިސްތާނަށެވެ. އެގޮތުން އަފްގާނިސްތާނައް ސަރަހައްދުގެ ދެ ވަނަ ލިބުނު އިރު ދުނިޔޭގެ ރޭކިންގައި އެގައުމު އޮތީ 165 ވަނައިގައެވެ. އަދި ސަރަހައްދުގެ ތިން ވަނައިގައި ހަތަރު ދަރަޖައިގެ ވެއްޓުމަކާއެކު ނޭޕާލް އޮތްއިރު، ސަރަހައްދުގެ ހަތަރު ވަނައިގައި އޮތީ ސަރަހައްދުގެ ބޮޑު ގައުމު އިންޑިޔާއެވެ. އެގޮތުން މިފަހަރުގެ ރޭކިން ލިސްޓުން އެއް ދަރަޖާގެ ވެއްޓުމެއް އިންޑިޔާއަށް ލިބުނު އިރު ދުނިޔޭގެ ރޭކިންގައި އެގައުމު އޮތީ 169 ވަނަގައިގައެވެ. ސަރަހައްދުގެ ފަސް ވަނައިގައި އެއް ދަރަޖާގެ ވެއްޓުމަކާއެކު ބަނގްލަދޭޝް އޮތްއިރު، ދުނިޔޭގެ ރޭންކިންގައި އެޤައުމު އޮތީ 170 ވަނައިގައެވެ.
އެއް ދަރަޖާގެ ވެއްޓުމަކާއެކު ޕާކިސްތާނަށް ދުނިޔޭގެ ރޭންކިންއިން 177 ވަނަ ލިބުނުއިރު ދެ ކުނު އޭޝިޔާ ސަރަހައްދުން އެގައުމަށް ލިބުނީ ހަވަނައެވެ. އަދި ރާއްޖެއާއި އަވައްޓެރި ސްރީލަންކާއަށް މިފަހަރު އެއްވެސް ކުރިއެރުމެއް ނުލިބުނުއިރު، ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 179 ވަނައިގައެވެ. އަދި އޭޝިޔާ ސަރަހައްދުގައި ލަންކާ އޮތީ ހަތް ވަނައިގައެވެ.
މިފަހަރުވެސް ދެކުނު އޭޝިޔާ ސަރަހައްދުން އެންމެ ފުލުގައި އޮތީ ބޫޓާނެވެ. އެޤައުމަށް ލިބިފައިވަނީ 206 ވަނައެވެ.
ފީފާރޭންގައި މިމަހުވެސް ދުނިޔޭގެ އެއްވަނަ ހޯދީ ސްޕެއިންނެވެ. އަދި ދެ ވަނަ ޖަރުމަނަށް ލިބުނުއިރު، ތިން ވަނަ ލިބުނީ އެއްދަރަޖައިގެ ކުރިއެރުމެއް ހޯދި ޕޯޗުގަލްއަށެވެ.