05 Sep 2012, 14:43
ބްރޯޑްކާސްޓްކުރުމުގައި ވަނަން ބޭނުން ނުކުރުމަށާއި ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑުގެ ހަމަތަކާއި އެއްގޮތައް ބްރޯޑްކާސްޓް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓް ކޮމިޝަނުން އެދެފި އެވެ.
އެކޮމިޝަނުން މިއަދު ބްރޯޑްކާސްޓަރުންނަށް ފޮނުވި ސާކިއުލާ އެއްގައި ބުނެފައި ބްރޯޑްކާސްޓް ކުރައްވާ ބައެއް ފަރާތްތަކުން މިހާރަކަށް އައިސް ބްރޯޑްކާސްޓް ކުރުމުގައި ފަރުދުންނަށާއި ޖަމާޢަތްތަކާއި ބްރޯޑްކާސްޓިން ސްޓޭޝަންތަކަށް ވަންނަން ބޭނުން ކުރާކަށް އެކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"ވީމާ، ބްރޯޑްކާސްޓް ކުރައްވާ ކޮންމެ ކޮންޓެންޓަކީ، ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑުގެ ހަމަތަކާއި މިންގަނޑުތަކުގެ ދާއިރާގެ ތެރޭގައި ހިފަހައްޓާފައިވާ ކޮންޓެންޓަކަށް ހެދުމަށް ހަދުމަފުޅުކޮށް އަރުވަމެވެ." އެ ސާކިއުލާގައި ބުނެފައިވެ އެވެ.
ބައެއް މީޑިޔާ ޖެނަލްތަކަށް ބައެއް ފަރާތްތަކުން ވަނަން ބޭނުންކުރާއިރު ބައެއް މީހުނަށްވެސް ވަނަން ބޭނުންކޮށްގެން ހަބަރުތައް ބްރޯޑްކާސްޓް ކުރަމުންދާކަން ފާހަގަކުރެވެ އެވެ.