05 Sep 2012, 13:08
މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ ކުޅިވަރުތައް ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ހޯމް މިނިސްޓްރީ އިން ހަމަޖައްސައިފި އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުލައި 26ގައި ފާހަގަ ކުރާ ރާއްޖޭގެ މިނިވަން ދުވަސް މި އަހަރު ރޯދަ މަހާ ދިމާވުމާ ގުޅިގެން ކުޅިވަރު ހަރާކަތްތައް ސަރުކާރުން ވަނީ ފަސްކޮށްފަ އެވެ. އަދި މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތައް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ ގަލޮޅު ބޯޅަދަނޑުގައި ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ކުޅިވަރުތަކުގައި ބައިވެރިވެފައި ވަނީ އެމްއެންޑީއެފާއި މުހިއްޔިއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލްގެ އިތުރުން ސީއެޗްއެސްއީ އެވެ. އެ ރަސްމިއްޔާތުގައި ގައުމީ ކެޑޭޓްކޯގެ ފަރާތުން ޝަރަފްގެ ގާޑެއް އެރުވުން އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.