ޖެމެއިކާގައި އޮންނަ އެތުލީޓް ހައި ޕާފޯމަންސްގައި ބައިވެރި ވުމުގެ ފުރުސަތު ރާއްޖޭގެ ދެ އެތުލީޓުންނަށް ލިބިއްޖެ ކަމަށް އޮލިމްޕިކްސް ކޮމެޓީން ބުނެފި އެވެ.

މިފުރުސަތު ލިބުނު ރާއްޖޭގެ ދެ އެ ތުލީޓުންނަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބާރު ދުވުންތެރިޔާ އަޒްނީމް އަހުމަދަށާއި ހަސަން ސާއިދު އަށެވެ.

އަޒްނީމަކީ އެންމެ ފަހު ލަންޑަނުގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސް އިވެންޓެއްގެ 100 މީޓަރު ދުވުމުގެ ޕްރިމިލިނަރީ ބުރުން ކޮލިފައިވި ރާއްޖޭގެ ހަމައެކަނި އެތުލީޓެވެ. އަދި ސާއިދަކީ އެންމެ ފަހުން ބޭއްވި އިންޑިއަން އޯސަން ގޭމްސްގައި ވެސް ރާއްޖެ ތަމް ސީލު ކުރި އެތުލީޓެކެވެ. އެގޮތުން އެފަހަރުގެ 100 މީޓަރުގެ ފުރަތަމަ ހީޓްގައި ސާއިދުއަށް ރޭސް ނިންމާލެފައި ވަނީ 11.22 ސިކުންތުންނެވެ.

އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ، އަޒްނީމާއި ސާއިދު ޖެމެރިކާގައި އެއް އަހަރު ދުވަހުގެ ޓްރޭނިން ސެސަންތަކެއް ފުރިހަމަ ކުރާގޮތަށް ހަމަޖެހިފައިވާ އިރު، ޓްރޭނިންގައި ބައިވެރި ވުމަށް މިމަސް ނިމުމުގެ ކުރިން ޖެމެރިކާއަށް އެ ދެ އެތުލީޓުން ފުރާނެ ކަމަށެވެ.