އިންގްލޭންޑުގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް މައިކަލް އޮވެން ސްޓޯކް ސިޓީއަށް ސޮއިކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ލިވަޕޫލުން ވިދާލުމަށް ފަހު ރެއާލް މެޑްރިޑަށް ބަދަލުވި އޮވެން އިއްޔެ ސްޓޯކް ސިޓީއަށް ސޮއި ކޮށްފައި ވަނީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

އުމުރުން 32 އަހަރުގެ އޮވެންނާ ހަވާލާދީ އޭނަގެ އެޖެންޓު ބުނެފައި ވަނީ، ސްޓޯކް ސިޓީއާކު އޮވެން ހަދާފައި ވަނީ އެއް އަހަރު ދުވަހުގެ އެގްރިމެންޓެއް ކަމަށާއި އެހެންނަމަވެސް އޮވެން އަށް ސްޓޯކް އަށް ކުޅެވޭނީ ޕްރިމިއާ ލީގުގެ ބޯޑުން އޭނާގެ ޓްރާންސްފާ ގަބޫލްކުރުމުން ކަމަށެވެ. އެހެން ނޫނީ އޭނާ އަށް ޕްރިމިއާ ލީގް ނުކުޅެވޭނެ ކަމަށް ވެސް އެޖެންޓު ބުނެފައިވެ އެވެ.

"ސްޓޯކް އާ ގުޅުނަށް އޮވެންއަށް ޕްރިމިއާ ލީގުގައި ނުކުޅެވިދާނެ. އޮވެންއަށް ކުޅެވޭނީ ޕްރިމިއާ ލީގުގެ ބޯޑުން އޭނާގެ ޓްރާންސްފާ ގަބޫލްކުރުމުން. އޮވެން ސްޓޯކްއާ ގުޅުނީ އެއް އަހަރު ދުވަހަށް" އޮވެންގެ އެޖެންޓު ބުނެފައިވެ އެވެ.

އޮވެން އަކީ މި ސީޒަންގައި ސްޓޯކް އިން ގެނައި ހަތް ވަނަ ކުޅުންތެރިއާ އެވެ.

އޮވެންގެ އިތުރުން މިފަހަރުގެ ސީޒަންގައި އިތުރަށް ޓީމް ވަރުގަދަ ކުރުމުގެ ނިއަތުގައި މީގެ ކުރިން ސްޓޯކްއަށް ގެނެސްފައިވާ ކުޅުންތެރިންގެ ތެރޭގައި މައިކަލް ކައިޓްލީ އާއި ޖެފް ކެމަރަން އަދި ޖޭމީ ނެސް ހިމެނެއެވެ.