މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވިގޮތް ތަހުގީގުކުރުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް އާއްމުކުރުމުން އެކަމަށް ޖަޕާނުން މަރުހަބާ ކިޔައިފި އެވެ.

ކޯނީ ރިޕޯޓަށް މަރުހަބާ ކިއުމަށް ޖަޕާނު ސަރުކާރުން އާއްްމުކުރި ކުރު ބަޔާނުގައި ބުނެފައި ވަނީ އެރިޕޯޓާ ގުޅުގެން ކަމާ ބެހޭ ރާއްޖޭގެ ހުރިހާ ފަރާތްތަކަކުން ރާއްޖޭގެ ހަމަޖެހުމާ ކުރިއެރުމަށް މަަސައްކަތް ކުރާނެ ކަމަށް ޖަޕާނުން އުއްމީދުކުރާ ކަމަށެވެ. އަދި ރާއްޖޭގައި އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަމާއި ޑިމޮކްރަސީ ކުރިއެރުވުމަށް މަަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ކޯނީގެ ރިޕޯޓް އާއްމުކުރުމާ ގުޅިގެން ކޮމިޝަނަށް މަރުހަބާކީ ހުރިހާ ގައުމުތަކަކާއި ޖަމާއަތްތަކަކުން ވެސް ގޮވާލާފައި ވަނީ މަޝްވަރާކޮށްގެން ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދުމަށާއި ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް ސުލްހަވެރި ގޮތަކުން ހައްލުކުރުމަށް ރާއްޖޭގެ ސިޔާސީ ފަރާތްތަކުން މަސައްްކަތް ކުރުމަށެވެ.

ކޯނީގެ ރިޕޯޓަށް އދ. އާއި އީޔޫއާއި ކޮމަންވެލްތު އަދި ބައެއް ގައުމުތަކުން ވަނީ މަރުހަބާ ކިޔާފައެވެ. ޕާޓީ ޓޯކްސްގެ ނަމުގައި ސަރުކާރުން ސިޔާސީ ފަރާތްތަކާ އެކު ކުރަމުން އައި މަޝްވަވަރާތައް ކޯނީގެ ރިޕޯޓަށް ފަހު ވަނީ ލީޑާސް ޑައިލޮގްގެ ނަމަށް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ތިބި ޕާޓީތައް ފިޔަވާ އެހެން ސިޔާސީ ޕާޓީތައް ބައިވެރި ނުކޮށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.