02 Sep 2010, 08:46
13:46
މާލެ އިން ކުޅުދުއްފުއްޓަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެކިތަކެއް އެތެރެކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިއްޔެ މެންދުރު ހައްޔަރުކޮށްފައިވާ މީހަކީ ހދ. ކުޅުދުއްފުށީ، ނިޝާތު، އުމުރުން 20 އަހަރުގެ މުޙައްމަދު އިސްމާއިލް ކަމަށެވެ. އަދި އޭނާ ފުލުހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ކުޅުދުއްފުއްޓަށް ދިޔަ އެ ބޯޓުން މަސްތުވާތަކެތި އެރަށަށް ގެންދާ ކަމުގެ މައުލޫމާތެއް ލިބިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާ އިތުރަށް ބަލާ ފާސްކުރުމުން މަސްތުވާތަކެތި އަޅާފައިވާ 12 ރަބަރު ޕަކެޓް ފެނިގެން ކަމަށެވެ.
ފުލުހުން ބުނީ އެ މީހާއަކީ މީގެ ކުރިންވެސް ފޭރުމުގެ މައްސަލައެއްގެ ރިކޯޑެއް އޮތް މީހެއް ކަމަށެވެ.