13:44


ގަލޮޅު އަލިކިލޭގޭފާނު މަގުން ހިނގާފައި ދިޔަ މީހަކަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސައިކަލެއްގައި ދިޔަ ދެ މީހަކު ރޭ މެންދަމުގެ ވަގުތެއްގައި އުމުރުން 25 އަހަރުގެ އެ މީހާ އަށް ހަމަލާދީ އޭނާގެ ވައަތު ކޮނޑު ޒަހަމްކޮށްލައިފައިވާ ކަމަށެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެމައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި ޒަޚަމްވި މީހާއަށް އައިޖީއެމްއެޗުން ފަރުވާދީފައިވާ ކަމަށެވެ.