04 Sep 2012, 15:09
މިނިވަން ދުވަހުގެ ކުޅިވަރުތައް ބާއްވަން ގަލޮޅު ދަނޑު ޔޫތު މިނިސްޓްރީން ނެގުމުން ފުޓްބޯޅަ ސީޒަން ނޮވެމްބަރު މަހަށް ދިގުދެމިއްޖެ އެވެ.
ކުރިން ހަމަޖައްސާފައި އޮތް ގޮތުން އޮކްޓޫބަރު މަހާއެކު ނިމޭ ފުޓްބޯޅަ ސީޒަނުގެ ފަހު މުބާރާތް ކަމަށްވާ އެފްއޭކަޕްގެ ފައިނަލް ކުޅެނެ ޖެހޭނީ ނޮވެމްބަރު ކުރީކޮޅުގަ އެވެ. މިހެންވެ ބައެއް ކުލަބުތަކުން ކަންބޮޑުވުމުން ފާޅުކުރަނީ ހަރަދު ބޮޑުވާތީ އެވެ.
އޭވައިއެލް އާއި ޗެމްޕިއަން ވިބީގެ މެޗުން އަންނަ ހުކުރު ދުވަހު ފަށަން އޮތް އެފްއޭކަޕް ކުއާޓާ ފައިނަލް މެޗުތައް މިހާޜު ފަށަން ހަމަޖައްސާފައިވަނީ އާދިއްތަ ދުވަހު އެވެ. ނަމަވެސް ރެލިގޭޝަން މުބާރާތާއި ދިރާގު ދިވެހި ލީގު ފަށާނެ ދުވަހެއް އަދި މުޅިން ނުނިމެ އެވެ. ކުރިން ރެލިގޭޝަން ފަށަން އޮތީ މިމަހުގެ 13ގަ އެވެ. ލީގު ފަށަން ކުރިން އޮތީ 15ގަ އެވެ.