މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ތިން ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި މާލެ އިން ހައްޔަރުކޮށްފައި ވަނީ އުމުރުން 38 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ އިއްޔެ 10:00 އެހާކަންހާއިރު ގަލޮޅު ހަލަވެލި ގޯޅީގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެ މީހާ ސައިކަލެއްގެ މަތީގައި އިނދެފައި ފުލުހުން ފެނުމާއެކު ބިންމައްޗަށް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމުން އެމީހާ ހައްޔަރު ކުރީ ކަމަށެވެ.

އެމީހާ ބިންމައްޗަށް ވައްޓާލި ތިން ރަބަރު ޕެކެޓް ފެނިފައި ވަނީ އޭނާ އިށީދެގެން އިން ސައިލްގެ ކައިރިން ކަމަށާއި އެ ޕެކެޓްތަކަށް ހުރީ މަސްތުވާތަކެތި އަޅާފައިކަމަށް ބެލެވޭ ކަމަށާއި ޑުރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.