13:46


ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.


ޖުމްހޫރީ ޕާޓީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު މިދިޔަ މަހުގެ ތިރީހުގެ ނިޔަލަށް ހަމަވެފައިވާއިރު އެމުއްދަތު އިތުރުކުރީ ރަށު ކައުންސިލްތައް ހިމެނޭ ރަށްރަށް އިޢުލާން ކޮށްފައިނުވާތީ އާއި ކަމާބެހޭ މުއައްސަސާތަކުން އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ކުރަންޖެހޭ ގިނަ ކަންކަން ނުނިމި ހުރުމުގެ ސަބަބުން އިންތިހާބް ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައެޅިފައިނުވާތީ ކަމަށެވެ. އަދި އެކަންކަން މުޅިން ފުރިހަމަ ނުވަނީ އިންތިހާބްގައި ވާދަކުރުމަށް ޕާޓީގެ ޓިކެޓް ހޯދުމުގެ ފުރުސަތު ބަންދުކުރުމަކީ ޑިމޮކްރެޓިކް ކަމެއް ނޫން ކަމަށް ދެކޭ ކަމަށްވެސް އެޕާޓީން ބުނެ އެވެ.