03 Sep 2012, 16:34
ޅ. ފެލިވަރު ފިސަރީޒް މޯލްޑިވްސް ލިމިޓެޑްގައި ވަޒީފާއަދާކުރަމުން އައި އިންޑިޔާގެ އަންހެނަކު މިއަދު އިސްލާމް ވެއްޖެ އެވެ.
ނައިފަރު މެޖިސްޓުރޭޓް ކޯޓުން ބުނީ މިއަދު އިސްލާމް ވެފައިވާ އިންޑިއާގެ އަންހެންމީހާއަށް ޝަހާދަތް ލައިދިނީ ޅ. އަތޮޅު ޖުޑިޝަލް ދާއިރާ ހިންގުމާ ހަވާލުވެހުންނެވި އިސްމެޖިސްޓުރޭޓް ހުސެއިން އާމިރު ކަމަށެވެ.
އަދި ބުނީ ކުރިޝްނާ ވެނީބީ އިސްލާމް ވުމާ އެކު އޭނާގެ ނަން ފާތިމަތު ޔާސްމީން ބަޕަޓްލާ އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެނާއާއި ހަވާލާދީ ބުނީ އޭނަ އިސްލާމްވުމަށް ޝައުގުވެރިވީ އޭނާގެ ފިރިމީހާ އަރަބިގައުމެއްގައި މަސައްކަތް ކުރަމުންދަނިކޮށް އިސްލާމްދީން ގަބޫލްކޮށް އެވާހަކަ އޭނާއަށް އެންގުމުން ކަމަށާއި މިހާރު އޭނާ ގުރުއާނުގެ ބައެއް ސޫރަތްތަކާއި ނަމާދުގައި ކިޔާ ތަކެތިވެސް ދަސްކޮށްފައިވާ ކަމަށެވެ.
އޭނާ އިސްލާމު ދީނުގެ ކަންތައްތައް ދަސްކުރަމުންދަނީ ފެލިވަރު ފިސަރީޒް މޯލްޑިވްސްގައި މަސައްކަތް ކުރާ މުވައްޒިފުންގެ ފަރާތުނެވެ.