03 Sep 2012, 14:22
އަންނަ ހުކުރު ދުވަހު އަވައްޓެރި ސްރީލަންކާގައި ފަށާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމް މާދަމާ ހެދުނު ލަންކާ އަށް ފުރުމަށް ހަމަޖެހިއްޖެ އެވެ.
މާދަމާ ލަންކާއަށް ފުރާ ރާއްޖޭގެ ގައުމީ ޓީމްގައި 19 ކުޅުންތެރިންގެ ސްކޮޑެއް ވަނީ ހިމަނައިފަ އެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީ ފަޅީގަ އެވެ. އެގޮތުން ރާއްޖެއާ އެކު މިގްރޫޕްގައި ވާދަކުރާ އަނެއް ތިން ގައުމަކީ އަފްގާނިސްތާނާއި ނޭޕާލް އަދި ޕާކިސްތާނެވެ.
ރާއްޖެ ޓީމުގެ ކޯޗް އިބްރާހިމް ހަލީމް (ޖަޑާ)ގެ އިރުޝާދުގެ ދަށުން މިފަހަރުގެ މުބާރާތުގައި ރާއްޖެ ޓީމް ގްރޫޕް ސްޓޭޖްގައި ކުޅޭ ފުރަތަމަ މެޗްގައި މި މަހުގެ އަށް ވަނަ ދުވަހު ނިކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ، އަދި ދެ ވަނަ މެޗުގައި މި މަހުގެ 10 ވަނަ ދުވަހު ނޭޕާލާ ދެކޮޅަށް ނިކުންނައިރު ގްރޫޕްގެ ފަހު މެޗުގައި ރާއްޖެ މިމަހުގެ 13 ވަނަ ދުވަހު ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ބާއްވާ ގްރޫޕް އޭ ގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ބޫޓާނެވެ.