03 Sep 2012, 13:01
މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކުގައި އެއްބާރުލުމަށް ރާއްޖެ އާއި ޗައިނާ އިން އެެއްބަސްވެއްޖެ އެވެ.
ޗައިނާގެ ސްޓޭޓް މީޑިއާ ޒިންހުއާ ނިއުސް އެޖެންސީން ބުނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ޗައިނާ އިން ރާއްޖެ އަށް އެހީނާވެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ވެން ޖިއަބާއޯ އިއްޔެ ވިދާޅުވި ކަމަށެވެ.
"އެއްގަައުމު އަނެއް ގައުމަށް ހަމަހަމަ ގޮތެއްގައި އަޅާލައި. އެކުވެރި ގޮތަކަށް ގުޅުން ދަމަހައްޓާ ސައިޒުގެ ގޮތުން ތަފާތު ދެގައުމުގެ މިސާލެއް ޗައިނާ އާއި ރާއްޖެ އިން ދައްކައިދީފައިވާ ކަމަށް ވެން ވިދާޅުވި އެވެ." ޒިން ހުއާ ނިއުސްގެ ހަބަރުގައިވެ އެވެ.
ޗައިނާގެ ބޮޑުވަޒީރުގެ ވާހަކަފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެފައި ވަނީ "ޗައިނާ އަކީ ބަރޯސާ ކުރެވޭ ފަދަ އެކުވެރިއެއް ކަމަށާއި ސަރަހައްދީ އަދި ބައިނަލް އަގުވާމީ ކަންކަމުގައި ޗައިނާއާ މުއާމަލާތްކުރުން އިިތުރުކުރަން ރާއްޖެ ތައްޔާރަށް އޮތް ކަމަށެވެ.
ރައީސް ވަހީދު ޗައިނާ އަށް ވަޑައިގަތީ ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެގައުމުން ދިން ދައުވަތަކަށެވެ. ޗައިނާ ސަރުކާރުގެ ދައުވަތު ރައީސް ވަހީދުއަށް އެރުވީ މިދިޔަ ރޯދަމަހު ރާއްޖެ އައި ޗައިނާގެ މުސްލިމުންގެ ވަފުދެއްގެ އިސް ބޭފުޅުންނެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި ޗައިނާގައި ކުރިއަށްދާ "ޗައިނާ ޔޫރޭސިއާ އެކްސްޕޯ" އަށް އިއްޔެ ޒިޔާރަތް ކުރެއްވި އެވެ.