03 Sep 2012, 11:05
ޝްރީލަންކާގައި ބޭއްވި އޭޝިއަން ބީޗް ނެޓްބޯލް ޓޯނަމަންޓް 2012'ގައި ބައިވެރިވި ރާއްޖޭގެ ގައުމީ ނެޓްބޯލް ޓީމް މުބާރާތުގެ ފައިނަލް މެޗްގައި ސްރީލަންކާއާ ބައްދަލުކޮށް މުބާރާތުގެ ރަނަރަޕްކަން ހޯދައިފި އެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުން ބުނީ، މިއީ މިހާތަނަށް ބައިނަލް އަގުވާމީ ނެޓްބޯޅަ މުބާރާތެއްގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށާއި އެހެން ކަމުން ޓީމު އެނބުރި މާލެ އައުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ޓީމް މާލެ އައުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު 12:35 ގައި އެވެ.
މިފަހަރުގެ މުބާރާތުން ރާއްޖެ ރަނަރަޕްކަން ހޯދި އިރު، މުބާރާތުގެ ފައިނަލަށް ރާއްޖެ ދިޔައީ ޕާކިސްތާނާއި އިންޑިއާ އަތުން މޮޅުވެގެންނެވެ.