ޓްރްމަޕްގެ ކަންބޮޑުވުންތަކަށް ރައީސް: ޗާގޯސް ރާއްޖެއަށް ލިބިއްޖެނަމަ، އެމެރިކާގެ މަރުކަޒު ހިންގޭނެ ގޮތެއް ހޯދިދާނެ
ޓްރްމަޕްގެ ކަންބޮޑުވުންތަކަށް ރައީސް: ޗާގޯސް ރާއްޖެއަށް ލިބިއްޖެނަމަ، އެމެރިކާގެ މަރުކަޒު ހިންގޭނެ ގޮތެއް ހޯދިދާނެ

ރާއްޖޭގެ ދެކުނަށް އޮތް، ޗާގޯސް ނުވަތަ ފޯޅަވަހީގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެ ނަމަ، އެ ސަރަހައްދުގައި އެމެރިކާއިން ހަދައިފައިވާ އަސްކަރީ މަރުކަޒު ހިންގުމަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އެތައް އަހަރެއް ވަންދެން އޮތް އަރައިރުންތަކަށް ފަހު މިދިޔަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުން ވަނީ އެ ސަރަހައްދު މޮރިޝަސްއަށް ދިނުމަށް ނިންމައިފައެވެ.

ރާއްޖޭން ވެސް ޗާގޯސް ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، މީގެ ކުރިން އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި ރައީސް މުއިއްޒު ވަނީ ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން ރައީސް ވަނީ އެމެރިކާގެ ނޫހަކަށް ވެސް އެ މައްސަލައާ ގުޅޭ ގޮތުން އިންޓަވިއުއެއް ދެއްވައިފައެވެ.

އެ މަނިކުފާނު 'ނިއުސްވީކް'އާ ވާހަކަދައްކަވަމުން ވަނީ، ޗާގޯސް މޮރިޝަސްއަށް ދިނުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޅުކުރައްވާ ޚިޔާލުތަކަށް އިޝާރާތްކުރައްވައިފައެވެ.

ޓްރަމްޕްގެ ކަންބޮޑުވުންތައް ގުޅިފައިވަނީ، ޗާގޯސްގެ ޑިއޭގޯ ގާސިއާގައި އެމެރިކާއިން ހަދައިފައިވާ ސްޓްރެޓީޖިކް ގޮތުން މުހިންމު އަސްކަރީ މަރުކަޒަށެވެ. އިިނގިރޭސިން މޮރިޝަސް އިސްތިއުމާރުކޮށްފައި އޮތް ދުވަސްވަރު، ޗާގޯސްގެ މައްޗަށް ވެސް ވެރިވެގަތެވެ. އެގޮތުން 1965 ވަނަ އަހަރު އެ ރަށްތަކަށް ވެރިވެގެން، އިނގިރޭސިން އޮތީ، ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް އެމެރިކާއަށް 2036ގެ ނިޔަލަށް ކުއްޔަށް ދީފައެވެ.

އިނގިރޭސިވިލާތުން މިދިޔަ އަހަރު މޮރިޝަސްއާއެކު ހެދި އެއްބަސްވުމުގައި ވަނީ، ޑިއޭގޯ ގާސިއާގައި ހުރި އަސްކަރީ މަރުކަޒުގެ ކޮންޓްރޯލް އޮންނާނީ އިނގިރޭސިވިލާތާއި އެމެރިކާއަށް ކަމަށް ނިންމައިފައެވެ. އަދި މޮރިޝަސްއަށް ކުލީގެ ގޮތުގައި އަހަރަކަށް ގާތްގަނޑަކަށް 137 މިލިއަން ޑޮލަރު ދައްކަމުންދާނެ ކަމަށް އެއްބަސްވުމުގައިވެއެވެ.

އެހެންނަމަވެސް ޓްރަމްޕް ވަނީ އެ އެއްބަސްވުމަށް ފާޑުވިދާޅުވެ، ގައުމީ ސަލާމަތާ ގުޅުންހުރި ކަންބޮޑުވުންތައް އޮތް ކަމަށް ވިދާޅުވެފައެވެ.

އެ ކަންކަމަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ޓްރަމްޕް ބޭނުންފުޅުވަނީ ޗާގޯސްގައި ރައ