ގެއަކުން ޓީވީއެއް ވަގަށް ނަގައިގެން ދާން އުޅުނު މީހަކު ތިން ވަނަ ބުރިން ވެއްޓިއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ގ. ކުރީމުގެ ތިން ވަނަ ބުރީގައި ހުރި ޓީވީ އެއް ވަގަށް ނަގައިގެން ދިޔަ ވަގު މިހާ ވެއްޓިފައި ވަނީ ސިޓިން ރޫމުގައި ޓީވީ ބެހެއްޓުމަށް ފަހު ބެލްކަންޏަށް ނުކުތް ވަގުތު އެވެ. އަދި އެގޭ މީހުންނަށް އެކަން އެނގުނީ ވަގުކަލޭގެ ވެއްޓި ޖެހިގެން ހުރިގޭ ފުރާޅުގައި ޖެހުނު އަޑަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ ރޭ 2:40 އެހާކަންހާއިރު ކަމަށާއި އެމީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އޭނާ އަށް ބޮޑު އަނިޔާއެއް ލިބިފައި ހުރިކަން އެނގިފައިނުވާ ކަމަށާއި ރަނގަޅަށް ހިނގައި ހަދާ ކަމަށެވެ.