ރެއިން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ 16 އަހަރުގެ ކުއްޖާ ފެނިއްޖެ އެވެ.

ރޭ 11 ޖަހާ އެހާކަންހާއިރު ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުނަށް ހުށައަޅާފައި ވަނީ މއ. ވިލްނަސް ޒީޝާން މުޙައްމަދު ރަޝީދު 16، އެވެ.

ފުލުހުން ބުނީ ޒީޝާން ފެނިގެން އައިލާ އިން ފުލުހުނަށް ހުށައަޅާފައި ވަނީ މިއަދު 13:00 ޖެހި އިރު ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުނެއް ނުދެ އެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އޭނާ އާއިލާ އަށް ގެއްލުނީ ރޭ އޭނާ ހުޅުމާލެ އަށް ދިއުމަށް ފަހު ވަރުބަލިވެގެން ރައްޓެއްސެއްގެ ގޭގައި ނިދުމުންނެވެ.

ނަމަވެސް އޭނާ އަށް ހޭލެވުމާ އެކު އޭނާ އާއިލާ އަށް ގުޅީ އަމިއްލަ އަށެވެ.

ފަހަކަށް އައިސް ކުޑަކުދިން ގެއްލިގެން ހޯދުމަށް އާއިލާ އިން ފުލުހުނަށް ހުށައަޅާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހުގެ ތެރެގައި ވެސް 14 އަހަރުގެ އަންހެންކުއްޖަކާއި ފިރިހެން ކުއްޖަކު ގެއްލިގެން ފުލުހުނަށް ހުށައަޅަފައިވެ އެވެ. އަދި ފުލުހުން ވަނީ އެ ދެ ކުދިން ހޯދައި އާއިލާއާ ހަވާލު ވެސްކޮށްފަ އެވެ.