ރައީސުލްޖުމްހޫރިއްޔާ ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރޭގެ ވަގުތެއްގައި ޗައިނާގެ ޒިންޖިއަން ޕްރޮވިންސަށް ވަޑައިގެންފި އެވެ.

ރައީސް ޒިންޖިއަން ޕްރޮވިންސުން މަރުޙަބާ ވިދާޅުވީ ޕްރޮވިންސްގެ ޑެޕިއުޓީ ގަވާނަރު އައިކެން ޓުނިއަޒީ އާއި ޕްރޮވިންސްގެ ފޮރިން މިނިސްޓްރީގެ އިސްބޭފުޅުންނެވެ.

ރައީސްގެ ދަތުރުފުޅުގައި ޗައިނާގެ ބޮޑުވަޒީރާއި ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ވަރަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނަމަވެސް އެ އެއްބަސްވުމާ ބެހޭ ތަފުސީލެއް ރައީސް އޮފީހަކުން ނުދެ އެވެ.

ރައީސް ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ކަންކަން ހަމަޖެއްސެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޗައިނާ އިން 150 މިލިޔަން ޑޮލަރު ދޭނެ ކަމަށާއި ވިޔަފާރިއަށް އަމާޒުކޮށްގެން ޗައިނާ އިން ހިންގަމުން އަންނަ އެގްޒިމް ބޭންކް މެދުވެރިކޮށް 350 މިލިޔަން ޑޮލަރުގެ ލޯނު ދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.