02 Sep 2012, 12:51
އިސްލާމިކް މިނިސްޓްރީގެ އަމީން ޢާންމުގެ މަގާމަށް އެ މިނިސްޓްރީ ކުރީގެ ނައިބު އައްޝައިހު މުހައްމަދު ފާރޫގު ހަމަ ޖައްސައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އިބްރހިމް ދީދީގެ ބޭބެ އަދި އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހު ކުރީގެ ނާއިބު ރައީސް ފާރޫގު އިސްލާމް މިނިސްޓްރީގެ އަމީން އާންމުގެ މަގާމަށް ހަމަ ޖެއްސެވީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އިސްލާމީ މަރުކަޒުގެ ދެ އިމާމުންގެ މަގާމަށް ވެސް ނައިބު މިނިސްޓަރު ފެންވަރުގައި ދެ ބޭފުޅަކު ދާދި ފަހުން ވަނީ ހަމަ ޖައްސާފަ އެވެ.