02 Sep 2012, 12:08
ރޯދަ މަހު އިސްލާމިކް މިނިސްޓްރީން ބާއްވާ އިހްޔާ ކުރުމުގެ ޕޮރްގުރާމްތައް އަންނަ މަހުން ފެށިގެން އާދަކޮށް ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓްރީގެ މުޝްރިފް މޫސާއިދު މޫސާ އަންވަރު ހަސަން މިއަދު ވިދާޅުވީ އިސްލާމް ދީނާއިމެދު އާންމުންގެ ހިތްތަކުގައި ލޯބި އުފައްދާއި ދީނީ ކަންތައް އާލާކޮށް ދިރުވުމުގެ ބޭނުމުގައި އަންނަ މަހުން ފެށިގެން އިހްޔާ ޕޮރްގުރާމް އާދަކޮށް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޕޮރްގުރާމްތައް ބާއްވަނީ މަހަކު އެއްފަހަރު ކަމަށެވެ.
އަލަށް ފަށާ އިހްޔާ ޕޮރްގުރާމްގައި ދީނީ އިލްމްވެރިންގެ ވާހަކަފުޅު ދެއްކުމުގެ އިތުރުން ދީނީ އިލްމްވެރިނާއި ސުވާލު ކުރުމުގެ ފުރުސަތު ވެސް ހުޅުވައިލަން ވަނީ ހަމަޖައްސާފަ އެވެ.
އަންވަރު ވިދާޅުވީ އިހްޔާ ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާ މި މަހުގެ ފަހުކޮޅުގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރޯދަ މަހަކޭ އެއްއްގޮތައް އެ ޖަލްސާތައް ވެސް ޓީވީއެމް އިން ވަގުތުން ފޮނުވާނެ ކަމަށެވެ.