"މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑު"ގެ ޑިރެކްޓަރުންގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފި އެވެ. ބޯޑުގެ ޗެއަޕަސަނަކަށް ހަމަޖައްސަވާފައި ވަނީ، މައްޗަންގޮޅީ ގޮމަށިގޭ އާދަމް މަނިކެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، މާފަންނު ބާރަނާގޭ މުޙަންމަދު ވަޙީދު އިސްމާޢީލާއި ހެންވޭރު ސިލްވަރީން އިސްމާޢީލް ޢާޞިފާއި ގަލޮޅު ހައްދުންމަތީގޭ ޙަސަން ރައީފާއި ގަލޮޅު ސައުތުބްރީޒް ޙަސަން ފަޔާޒާއި ހެންވޭރު ނީލްވިލާ ވާއިލް މުޙަންމަދު ޒާހިރު ޙުސައިނާއި މާފަންނު ބިއުޓީހައުސް ނަޞްރާ ޢަލީ އެވެ.


އެ ކޯޕަރޭޝަން އުފެއްދެވީ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު އެވެ.