02 Sep 2012, 11:02
ނެހުރޫ ކަޕް ފުޓްބޯޅަ މުބާރާތުގައި ސީރިއާ އަތުން ރާއްޖެ 2-1 އިން މޮޅުވި މެޗުގައި ކޯޗު ބެންޗުން ފޮނުވާލި މައްސަލާގައި ރެފްރީ ފަހުން މައާފަށް އެދުނު ކަމަށް ކޯޗު ބުނެފި އެވެ.
ހަންގޭރީގެ އިސްޓަވާން އުރުބާނީ ބުނީ އޭނާ ފެންފުޅި ދަނޑަށް އެއްލީ ނޫން ކަމަށެވެ.
"މޮޅުވި ގޯލު ޖަހާފައި (އަހުމަދު ރަޝީދު) އައްމަޑޭ ދުއްވައިގަތީ ބެންޗާ ދުރުކަނަށް. އަހަރެން ވެސް ދުއްވައިގަތުމުން ފައިން ޖެހިފައި ދަނޑަށް ފެންފުޅި ދިޔައީ. އެއީ އެކްސިޑެންޓެއް. ރެފްރީ ފަހުން މައާފަށް އެދުނު. އެއީ އަހަރެން ކެމަރޫން މެޗު ބަލަން އިންދާ އައިސް ސަލާމްކޮށްފައި،" ކޯޗު ބުންޏެވެ.
ރެފްރީ މައާފަށް އެދުނު ނަމަވެސް ކޯޗު ބުނީ އޭނާ އެކަން ގަބޫލުނުކުރާ ކަމަށެވެ.
"އަހަރެން ބުނިން މިއީ ކަލޭމެން ދަސްކުރަންޖެހޭ ކަންކަމޭ. އެ ރެފްރީ އަކީ އިންޑިޔާގެ ވަރަށް ޒުވާން ރެފްރީއެއް. އެކަމަކު މުޅި މުބާރާތުގައި ވެސް ރާއްޖެއާ ދެކޮޅަށް ވަރަށް ގިނަ ނިންމުންތައް ރެފްރީގެ ފެރާތުން ފެނިގެންދިޔަ،" ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ ކެމަރޫން މެޗުގައި އޭނާއަށް ބެންޗުގައި އިނދެވުނުނަމަ ކުޅުން ރަނގަޅުވާނެ ކަމަށެވެ.
ފަސް ގައުމު ވާދަކޮށް ލީގު އުސޫލުން ކުޅުނު އެއްލައްކަ ޑޮލަރުގެ ނެހުރޫ ކަޕުގެ ފައިނަލުން ރާއްޖެ ކެޓީ ކެމަރޫނާ ވާދަކޮށް 3-1 އިން ބަލިވުމުންނެވެ. މިއަދު ކުޅޭ މުބާރާތުގެ ފައިނަލުގައި ވާދަ ކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ގައުމު ކަމަށްވާ ކެމަރޫނާއި އިންޑިޔާ އެވެ. މި ދެ ގައުމު އިއްޔެނޫން އިހަށްދުވަހު ކުޅުނު މެޗު ނިމުނީ 1-0 އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން އިންޑިޔާ ބަލިވެގެންނެވެ.