25 Jan 2026, 19:27
ރޯދަ މަހަށް ޚާއްސަކޮށް ބާއްވާ ކެއްކުމުގެ މުބާރާތެއް ދިވެހި ބަހާ، ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
ތަރިކައާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ބުނީ ރޯދައަށް ޚާއްސަކޮށް އެ ވުޒާރާއިން ބާއްވަން ހަމަޖެހިފައިވާ ކެއްކުމުގެ މުބާރާތުގައި މި ހަފުތާގެ ބުދަ ދުވަހުގެ ކުރިން ބައިވެރިވެވޭނެ ކަމަށެވެ.
އެ ވުޒާރާއިން ވަނީ އެކަމަށްޚާއްސަ ޕޯޓަލެއްވެސް ތައާރަފުކޮށްފައެވެ.
އެ މުބާރާތަށް އިންސާފުކުރަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ވަނީ އެ މުބާރާތުގައި ހެދޭނެ ބާވަތްތައް ހިމެނޭ ލިސްޓެއް ވެސް ނެރެފައެވެ. އެ ލިސްޓުގައި ހިމެނޭ ބަވާތްތަކަކީ:
ހަވާދުގެ ބާވަތްތައް
- އަސާރަ/ މުރުއްބާ
- ހެދިކާ
- ކެއްކި ފަނި/ ކަނދި
- ސަޓަނި/ މަސްހުނި/ ބޮނޑިބަތް
ކެއްކުމުގެ މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ ނަމްބަރު، 7699595 އަށް ގުޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.