ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި، ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ވާހަކަތަކުގައި ސަރުކާރު ތަމްސީލު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ތައުފީގު ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ކަމަށެވެ.