އުމުރުން 16 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ރޭ 23:00 އެހާކަންހާއިރު ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ މއ. ވިލްނަސް ޒީޝާން މުޙައްމަދު ރަޝީދު 16، ކަމަށެވެ.

ޒީޝާން އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެކަން މާލޭގައި ނަމަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް، ރާއްޖޭގެ އެހެން ރަށަކުންނަމަ އެ ރަށެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް އެންގުމަށް ވެސް ފުލުހުން އެދެ އެވެ.

ފަހަކަށް އައިސް ކުޑަކުދިން ގެއްލިގެން ހޯދުމަށް އާއިލާއިން ފުލުހުނަށް ގިނައިން ދަނީ ހުށައަޅަމުނެވެ.