ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ 14 އަހަރުން ދަށުގެ މުބާރާތުގައި މިއަހަރު 18 އެކަޑަމީއެއް ބައިވެރިވެއްޖެ އެވެ.

މުބާރާތުގެ ގުރުނަގާފައިވާއިރު، މެޗުތައް ކުޅޭނީ 18 އެކަޑަމީގެ ޓީމުތައް ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.

ކޮންމެ ހަފުތާ ބަންދެއްގައި ކުޅެން ރާވާފައިވާ މި މުބާރާތުގެ ކުޅުން ފަށާގޮތަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުގައެވެ. ފުރަތަމަ ބުރުގެ ކުޅުން އެ ދުވަހު ފަށާއިރު، މީގެތެރެއިން އެންމެ މޮޅު 10 ޓީމާއެކު ލީގު ބުރު ކުރިއަށްގެންދާނީ ރޯދަ މަހުގެ ފަހުންނެވެ.

ގުރޫޕް އެކެއްގައި ހިމެނޭ ޓީމުތައް

  • ޔުނައިޓެޑް ވިކްޓްރީ

  • އޮޑި ސްޕޯޓްސް އެކަޑަމީ
  • އަޝްފާގް އެކަޑަމީ
  • ވިލިމާލެ ޔުނައިޓެޑު
  • ބިސްބުރު ސްޕޯޓްސް އެކަޑަމީ
  • ހުޅުމާލެ ޔޫތް އެންޑް ސްޕޯޓްސް އެކަޑަމީ

ގްރޫޕް ދޭއްގައި ހިމެނޭ ޓީމުތައް

  • އީގަލްސް އެކަޑަމީ

  • ޓީސީ ސްޕޯޓްސް ކުލަބު އެކަޑަމީ
  • ބީޖީ އެކަޑަމީ
  • އެޑްވެންޗަރ ފުޓްބޯލް އެކަޑަމީ
  • ޖޫނިއަރ ފުޓްބޯލް އެކަޑަމީ
  • މަހިބަދޫ ސްޕޯޓްސް ކުލަބު އެކަޑަމީ

ގްރޫޕް ތިނެއްގައި ހިމެނޭ ޓީމުތައް

  • ކުލަބު ވެލެންސިއާ

  • މާޒިޔާ ސްޕޯޓްސް އެކަޑަމީ
  • ހުޅުމާލެ ސްޓާސް އެކަޑަމީ
  • ހުއްރިއްޔާ އެކަޑަމީ
  • ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑަމީ
  • މޯލްޑިވްސް ސޮކަމޭޓްސް އެކަޑަމީ

މިއީ އެފްއޭއެމުގެ ތާރީހުގައި މިހާތަނަށް ބާއްވާ 14 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ. މުބާރާތް ކުރިއަށްދާނީ 30 މިނެޓުގެ ދެ ހާފަށް ބަހާލައިގެންނެވެ.