22 Jan 2026, 12:40
ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު ޕޯޓްސް ކުންފުނި އެމްޕީއެލްގެ މުވައްޒަަފަކަށް ފަރުވާދެމުންދަނިކޮށް މިއަދު މަރުވެއްޖެއެވެ.
އެމްޕީއެލްއިން ބުނީ، ޑިއުޓީގައި ހުރި މުވައްޒަފަކު ފިޓުޖެހިގެން މޫދަށް ވެއްޓުނީ ކަމަށެވެ. އެ މީހާ މަރުވީ، މޫދުން ނަގައިގެން ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނު 11 ޖަހާކަންހާއިރެވެ.
އެމްޕީއެލްއިން ބުނެފައިވާ ގޮތުގައި ޑިއުޓީގައި ހުއްޓާ މަރުވީ އެމްޕީއެލްގެ މުވައްޒަފު އަމީން ޢަބްދުލްޙަމީދެވެ. އޭނާ މަރުވިއިރު އުމުރުން 30 އަހަރެވެ.
އެމްޕީއެލްއިން ވަނީ އެންމެހާ މުވައްޒަފުންގެ ނަމުގައި ނިޔާވި މުވައްޒަފުގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.