09 Mar 2010, 10:15
10:00
ބ. ގޮއިދޫ ގެއެއްގައި އަލިފާންރޯވެ އެގެ އެއްކޮށް އަނދައިފި އެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު ގޮއިދޫ ގޯލްޑަންފުލާވާ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކުރި މަސައްކަތުން ރޭ ގާތްގަނޑަކަށް 7 ޖަހާކަންހާއިރު ކަމަށެވެ.
ވަށައިގެން ފަންޖަހައި ޓިނުން ހިޔާކޮށްފައިވާ އެ ގޭގައި ދިރިއުޅެނީ ތިން މީހުން ކަމަށާއި އެއިން އެއްވެސް މީހަކަށް މިހާދިސާގައި ގެއްލުމެއް ލިބިފައިނުވި ނަމަވެސް އެއަލިފާނުގެ ސަބަބުން އެގޭގައި ހުރި ހިފާގެންގުޅޭ ތަކެއްޗާއި ބައެއް އިލެކްޓޯނިކްސް ސާމާނުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.