"ވޯލްޑް ނޯ ޓޮބޭކޯ ޑޭ" އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު ބަޔާނެއްގައި މިރޭ ބުނީ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ"އަކީ ކޮންމެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދޭ އިނާމެއް ކަމަށެވެ.

މި އިނާމު ދޭނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށާއި، މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެންމެ ފުރަތަމަ މި އިނާމަށް ކުރިމަތިލާން ބޭނުންވާ މީހުން ފޯމް ފުރިހަމަ ކުރުމަށްފަހު މިމަހުގެ 16ގެ ކުރިން ހުށަހެޅުމަށް ހުޅުވައިލިއެވެ. ނަމަވެސް މިހާރު ވަނީ މުއްދަތު އިތުރުކޮށްފައެވެ. އެޗްޕީއޭއިން ބުނީ މިހާރު އެ ފުރުސަތު އަންނަ މަހުގެ 13އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިއާރަކީ، "އަންމާސްކިން ދަ އެޕީކް-ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން"އެވެ.

ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، މެއި މަހުގެ 31 ވަނަ ދުވަހެވެ.