20 Jan 2026, 19:46
މަޝްހޫރު ދީނީ އިލްމުވެރިޔާ ޢަބްދުލްޢަޒީޒް ޙުސައިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހި، ފަރުވާދޭން ފަށައިފިއެވެ.
ޢަބްދުލްޢަޒީޒްގެ ދަރިކަލުން އަޙްމަދު ކުމައިލް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައިވަނީ، ބައްޕައަށް ސްޓްރޯކެއް ޖެހި، އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެއާއެކު، ޢަބްދުލްޢަޒީޒަށް ހެޔޮ ދުއާކޮށްދިނުމަށް ކުމައިލް ވަނީ އެދިފައެވެ.
ޢަބްދުލްޢަޒީޒް ވަނީ ޢަރަބިއްޔާ ސްކޫލުގައި ޚިދުމަތްކުރެއްވުމުގެ އިތުރުން، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.