ގދ. ފިޔޯރީގައި ހިންގާ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ ވޮލީ މުބާރާތެއް އިއްޔެ އެ ރަށުގައި ފަށައިފި އެވެ.

ފިޔޯރީ ސުކޫލުން އިންތިޒާމް ކުރާ މިމުބާރާތުގައި ބައިވެރިވެފައި ވަނީ އެ ރަށު ސުކޫލުގެ އަންހެން ފިރިހެން ވޮލީ ޓީމާއި އެ ރަށު ހެލްތު ސެންޓަރުގެ އަންހެން ފިރިހެން ވޮލީ ޓީމް އަދި އެ ރަށު ކައުންސިލް އިދާރާގެ އަންހެން ފިރިހެން ވޮލީޓީ މެވެ.

ފިޔޯރި ކައުންސިލް އިދާރާގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ، މިމުބާރާތަކީ އެ ރަށުގައި މިހާތަނަށް ބާއްވާ އެންމެ ފޯރިގަދަ މުބާރާތް ކަމަށާއި އެގޮތުން މުބާރާތް ކުރިއަށް ގެންދިއުމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރު ލުމެއް ލިބެމުން އަންނަ ކަމަށެވެ.

އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ފައިނަލަށް ދަތުރުކުރާ މިމުބާރާތުގެ އަންހެން ބައިގެ ފައިނަލް މެޗް މިމަހުގެ ހަ ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި ވާއިރު، ފިރިހެން ބައިގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު އެވެ.