ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ގިނަ ހިދުމަތްތަކަކަށް އެއް ފޯމަކުން އެދެވޭ ގޮތަށް އެ ބޭންކުން ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން އެ ހިދުމަތް ލިބިގެންދާނެ ކަމަށާއި އެ ފޯމުން ސޭވިން އެކައުންޓާޢި ކަރަންޓް އެކައުންޓާއި ޖޮއިންޓް އެކައުންޓުގެ އިތުރުން ކުޑަކުދިންގެ އެކައުންޓް ވެސް ހުޅުވުމަށް އެދެވޭނެ ކަމަށެވެ. އަދި އެފޯމުން އިންޓަނެޓް ބެންކިން ހިދުމަތާއި މޯބައިލް ބެންކިން ހިދުމަތުގެ އިތުރުން ވިސާ އަދި އެ މެކުސް ޑެބިޓް ކާޑުގެ ހިދުމަތަށް އެދެވޭނެ ކަމަށް ބީއެމްއެލްލުން ބުންޏެވެ.

އަދި ބުނީ އެ ބަދަލާ ގުޅިގެން އަލަށް އެކަލައުންޓް ހުޅުވާއިރު އިންޓަނެޓް ބޭންކިން އާއި މޯބައިލް ބެންކިން އަދި ޑެބިޓް ކާޑުގެ ހިދުމަތަށް ހުރިހާ ކަސްޓަމަރުނަށްވެސް އެޕްލައިލް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ ކުރިން ބީއެލްއެލްއިން އެހިދުމަތްތަކަށް އެދުމަށް ތަފާތް ފޯމްތަކެއް ފުރަންޖެހެ އެވެ.