ރާއްޖޭގެ ސްކައުޓު އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު (ބެން) މިއަދު ނިޔާވެއްޖެއެވެ.

ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުގެ މަގާމު ވެސް މީގެ ކުރިން ފުރުއްވި ޚާލިދަކީ އެ އެސޯސިއޭޝަންގެ ޕާމަނަންޓް މެންބަރެކެވެ. ޚާލިދު ވަނީ ސްކައުޓް ހަރަކާތުގެ ތެރޭގައި ދިގު މުއްދަތެއް ހޭދަކުރައްވާފައެވެ.

އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނެވެ.

ޚާލިދު ނިޔާވިއިރު އުމުރަކީ 65 އަހަރެވެ. އޭނާގެ މައްޗަށް މެންދުރު ނަމާދަށް ފަހުގައި އާސަހަރާ މިސްކިތުގައި ކަށުނަމާދުކުރަން ވަނީ ހަމަޖެހިފައެވެ.

އޭނާ ނިޔާވުމާ ގުޅިގެން ސްކައުޓް އެސޯސިއޭޝަނުން މިއަދު ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.