01 Sep 2012, 11:51
އެމްޑީޕީން ރޭގައި ކުރި މުޒަހަރާގައި 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ ކޯޑިނޭޓަރު އިންސްޕްކެޓާ އޮފް ޕޮލިސް ހަސަން ހަނީފް މިއަދު ވިދާޅުވީ ރޭގައި އެމްޑީޕީން މާލެގެ އެކި ސަރަހައްދުތަކަށް އެއްވެ ކުރި މުޒާހަރާގައި ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ ފުލުހުންގެ އަމުރުތަކަށް ނުކިޔަމަންތެރިވި މީހުންކަމަށެވެ.
އެނާ ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 10 ފިރިހެނުންނާއި އަންހެނެއް ކަމަށެވެ.
އެމްޑީޕީން ރޭގައި ބޭއްވި ޖަލްސާ އަށް ފަހު އެ ޕާޓީގެ އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު އެ ޕާޓީގެ ގިނަ އަދަދެއްގެ މީހުން ވަނީ ރޭގެ މުޒާހަރާގައި ބައިވެރިވެފަ އެވެ.
ކޯނީގެ ރިޕޯޓާ ގުޅިގެން މާލެގައި ހަމަނުޖެހުންތައް ހިންގިޔަ ނުދިނުމަށް މާލެގައި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަންތަކެއް ފަށާފައި އެވެ.