ކޯނީގެ ރިޕޯޓާ ގުޅިގެން މާލޭގައި ހަމަނުޖެހުމެއް ހިންގާފަނެ ކަމަށް ބަލައި އެކަންކަން ހުއްޓުވުމަށް ހަރަކާތްތެރިވާ ފުލުހުން މޫނު ނިވާކޮށްގެން ތިބެނީ ފުލުހުންގެ ޔުނީފޯމާ އެއްގޮގޮތަށް ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގައި ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނުގެ ސްޕޯކްސްޕާސަން ސުޕްރިންޓެންޑެންޓް އަބްދުﷲ ނަވާޒު ވިދާޅުވީ ފުލުހުން މޫނުނިވާކޮށްގެން އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކުރި ނަމަވެސް ފުލުހުން މާސްކު އަލައި މޫނުނިވާކޮށްފައި ވާނީ ފުލުހުންގެ ޔުނީފޯމް ގަވާއިދާ އެއްގޮތަށް ކަމަށާއި އެފަދަ ކަމާކާ ގުޅިގެން އެއްވެސް މައްސަލައެއް ހުށައަޅަން ބޭނުންވާ ފަރާތްތަކުން އެ މައްސަލަ ހުށައެޅުމުގެ ފުރުސަތު އޮތް ކަމަށެވެ.

"މޫނު ނިވާކޮށްގެން ފުލުހުން ތިބޭ މައްސަލަ އެހެން ބޭފުޅުންނަށް އެއީ މައްސަލައެއް ކަމަށް އެހެން ބޭފުޅުންނަށް ފާހަގަކުރެވޭ ކަމަށް ވަންޏާމު އެމައްސަލަ ހުށައަޅަން ޖެހޭ މުއައްސަސާތަކަށް ހުށައަޅައިގެން ކުރިއަށް ގެނެދެވޭނެ ފުރުސަތު އެބައޮތް،" ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ފުލުހުންގެ އޯގަނައިޒޭޝަންތަކުގައި ވެސް ފުލުހުން ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަނީ ވަކިގޮތަކަށް ކަމަށާއި ފުލުހުންގެ ޓެކްޓިކަލް ފޯސްތައް ހަރަކާތްތެރިވަނީ ވަކި އުސޫލުތަކަކުން ކަމަށާއި އެގޮތުން ރާއްޖޭގައި ވެސް ފުލުހުން ހަރަކާތްތެރިވަނީ އެފެދަ އުސޫލުން ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކަށް ވެސް އެނގިވަޑައި ގެންނަވާނެ ކަން ފުލުހުން ހަރަކާތްތެރި ވަނީ ކޮންގޮތަކަށްކަން ޓެކްޓިކަލް ފޯސްތައް ހަރަކާތްތެރި ވާނީ ކޮން އުސޫލެއްގެ މަތިންކަން. ދުނިޔޭގެ ހުރިހާ ޕޮލިސް އޯގަނައިޒޭސަންތަކެއްގައި ފުލުހުން ޕޮރޮފެޝަނަލް ކަމާ އެކު މަސައްކަތް ކުރަމުންދަނީ ޓެކްޓިކަލް ފޯސްތައް މަސައްކަތް ކުރަނީ ކޮންގޮތަކަށް ތޯ؟ ކޮން އުސޫލަކުންތޯ؟ އަޅުގަނޑު ދަންނަވާނީ މޯލްޑިވުސް ޕޮލިސް ސާރވިސް އިން ފުލުހުން ވަޒީފާ އަދާކުރަމުން ދަނީ ފުލުހުން ގެ ޔުނީފޯމް ގަވާއިދާ އެއްގޮތަށޭ،" ނަވާޒު ވިދާޅުވި އެވެ.

މިހާރުމާލެ ގައި ހިންގަމުންދާ މުޒާހަރާތައް ހުއްޓުވުމަށް ޓަކައި ހަރަކާތްތެރިވާ ރަޔަޓް ފުލުހުންތިބެނީ މޫނުގައި ކަޅު މާސްކު އަޅައިގެންނެވެ.