މެނީލާ. ފިލިޕީންސް. ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމަކާއި ކުޑަ ސުނާމީއެއް އަރައިފި އެވެ.

އިއްޔެގެ ފަހުގެ ވަގުތެއްގައި ފިލިޕީންސްގެ އިރުމަތީ އައްސޭރިއަށް ރިކްޓަ މިންގަނޑުން 7.6ގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން މަރުވިމީހާ މަރުވީ ގެއެއް ވެއްޓި، ފާރުތަކުގެ ދަށުވެގެންނެވެ.

ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދުނު ކަމަށް ވިޔަސް ފިލިޕީންސްގެ އައްސޭރިފަށަށް އަރާފައި ވަނީ ވަރަށް ކުދި ރާޅުތަކެއް ކަމަށާއި އެހެން ނަމަވެސް އެ ދެ ހާދިސާއާ ގުޅިގެން ގެދޮރުދޫކޮށް ދިޔަ ބައެއް މީހުން އަދި ވެސް އެނބުރި އެމީހުންގެ ގެތަކަށް ނުދާ ކަމަށް ފިލިޕީންސް ސަރުކާރުން ބުންޏެވެ.

ބިންހެލުން އައީ ފިލިޕީންސްގެ ސަމަރު އައިލެންޑް ނަަމަކަށް ކިޔާ ރަށުގެ އިރުމަތިން 66 މޭލުދުރަށް، ކަނޑުގެ 21.7 މޭލު އަޑިއަށް ކަމަށް އެެމެރިކާގެ ޖިއޮޮލޮޖިކަލް ސާވޭ ބުންޏެވެ. ފިލިޕީންސްގެ އިންސްޓްޓިއުޓް އޮގް ވޯލްކެނޮޖީ އެންޑް ސެއިސްމޮލޮޖީގެ ވެރިޔާ ރެނޭޓޯ ސޮލިޑަމް ވިދާޅުވެފައިވާ ގޮތުގައި ބިންހެލުމާ ގުޅިގެން ގާތްގަނޑަކަށް 140 ލޮޅުން އައި އިރު އޭގެ ތެރޭގައި 6.4ގެ ބާރުމިން ހުރި ލޮޅުމެއް ވެސް ހިމެނެ އެވެ.

ސޮލިޑަމް ވިދާޅުވެފައިވާ ގޮތުގައި ސުނާމީގެ ހަބަރު ލިބިގެން ބިރުން ސަމަރު އައިލެންޑްގެ ގިނަ ރައްޔިތުން ވަނީ އުސްބިންތަކަށް ގޮސްފަ އެވެ. އަދި ރާޅުތައް އެމީހުންނާ ހިސާބަށް އަތުވެއްޖެ ނަމަ އެރުމުގެ ނިޔަތުގައި ގިނަ މީހުން މަޑުކުރީ ބޮޑެތި ގައްތަކުގެ ކައިރީގައި ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

ބިންހެލުމުގައި އެތައް ގެއެއް ހަލާކުވެ، ބޮޑު ސަރަހައްދަކުން ކަރަންޓް ދިޔަ ކަމަށާއި 6000 އަށް ވުރެ ގިނަ މީހުން އެމީހުންގެ ގެދޮރު ދޫކޮށް އުސްބިންތަކަށް ދިޔަކަމަށާއި އޭގެ ތެރެއިން ގިނަ މީހުން ރޭ ނިދީ ވިނަގަނޑުގަނޑާއި ޕޭމަންޓް ފަދަ ތަންތާގައި ކަމަށް ފިލިޕީންސްގެ ޑިޒާސްޓަމެނޭޖްމެނެޓް އެޖެންސީން ބުންޏެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މީހުން މިއަދު ހެނދުނު ވުމުގެ ކުރިން އެމީހުންގެ ގެތަކަށް ފޮނުވާފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. ( އެސޯސިއޭޓެޑް ޕްރެސް)