15 Jan 2026, 09:12

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު މަޅަޔާލަމް ފިލްމު "ދުރިޝްޔަމް"ގެ ތިން ވަނަ ބައި ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.
އިއްޔެގެ ވަގުތެއްގައި ފިލްމު ގެނެސްދޭ އާޝިރުވާދު ސިނަމާސްއިން "ދުރިޝްޔަމް 3" ރިލީޒްކުރާ ތާރީޚު އިއުލާނުކުރިއިރު މަޅަޔާލަމް ވާޝަން ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ ހިންދީ ރިމޭކް ފިލްމު ރިލީޒް ކުރުމުގެ ހަ މަސް ކުރިންނެވެ.
މަޝްހޫރު މަޅަޔާލަމް އެކްޓަރު މޯހަންލާލް ލީޑް ރޯލް ކުޅެފައިވާ "ދްރިޝްޔަމް"ގެ ހިންދީ ރިމޭކްގެ ދެ ފިލްމެއް މިހާތަނަށް ގެނެސްދީފައިވާއިރު ތިން ވަނަ ފިލްމު ރިލީޒްކުރާ ތާރީޚު ވެސް ވަނީ އިއުލާނުކޮށްފައެވެ. މީގެކުރިން މަޅަޔާލަމް އަދި ހިންދީ ރިމޭކް ވެސް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ރިޕޯޓުތަކުން ބުނެފައި ވަނީ އެއް ތާރީޚެއްގައެވެ.

"ދުރިޝްޔަމް"ގެ ހިންދީ ރިމޭކްގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
މޯހަންލާލްގެ ފިލްމު މި އަހަރުގެ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާއިރު ހިންދީ ރިމޭކް ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
މި ދެ ފިލްމަކީ ވެސް މަޅަޔާލަން ޑައިރެކްޓަރު ޖީތޫ ޖޯސެފްގެ އަމިއްލައަށް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ޚުދު ޖޯސެފް ޑައިރެކްޓް ކުރާ ދެ ފިލްމެކެވެ.
މަޅަޔާލަމް ފިލްމު "ދުރިޝްޔަމް 3" ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚު އިއުލާނުކޮށްފައި މިވަނީ އެ ފިލްމުގެ ޝޫޓިންގް މިދިޔަ ޑިސެމްބަރު މަހު އެއްކޮށް ނިންމާލިކަން އިއުލާނުކުރިތާ ދާދިފަހުންނެވެ.
މަޅަޔާލަމް ފިލްމުގެ ކާސްޓުންގެތެރޭ މޯހަންލާލްގެ އިތުރުން ސައުތު ބަތަލާ މީނާ، އަންސިބާ ހަސަން އަދި އެސްތަ އަނިލް ހިމެނެއެވެ. މި ސީރީސްގެ ދެވަނަ ފިލްމު ބެލުންތެރިންނަށް ގެނެސްދީފައި ވަނީ 2021ގައެވެ.