ބޮލީވުޑްގެ ގިނަ އެކްޓަރުންނަކީ ބައެއް ރޯލްތައް ކުޅެން ޖެހިލުންވާ ބައެއް: އިމްރާން
ބޮލީވުޑްގެ ގިނަ އެކްޓަރުންނަކީ ބައެއް ރޯލްތައް ކުޅެން ޖެހިލުންވާ ބައެއް: އިމްރާން

އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ އެކްޓަރުންނަކީ ޕްރޮޑިއުސަރުންގެ ފަރާތުން ހުށަހަޅާ ބައެއް ރޯލްތައް ކުޅެން ޖެހިލުންވާ ބައެއް ކަމަށް ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝްމީ ބުނެފިއެވެ.

ގިނަ ބައެއްގެ ތައުރީފު އޮހެމުން އަންނަ ފިލްމު "ޙައްޤު"ގެ މުހިއްމު ރޯލެއް ކުޅުނު އިމްރާން ބުނީ، އޭނާ އެ ފިލްމުގައި ކުޅުނު ކަހަލަ ރޯލެއް ކުޅެން އެއްބަސްވާނީ އިންޑަސްޓްރީގެ ކިތައް އެކްޓަރުންކަން ބުނަން ދަތި ކަމަށެވެ.

ނިއުސް18އަށް ދިން އިންޓަވިއުގައި ވާހަކަ ދައްކަމުން އިމްރާން ބުނީ ކޮންމެ ފިލްމެއްގެ ނެރޭޝަންއާ އެކު އެކްޓަރުން އަމިއްލައަށް އެ މީހެއްގެ ކާމިޔާބީ ފާހަގަކޮށް އެކަން ދައްކަންޖެހޭ ކަމަށެވެ.

މިހާތަނަށް އިމްރާން ފާހަގަކުރެވިފައި ވަނީ މާބޮޑު ރޯލެއް އެ ފިލްމަކުން ނުލިބުނު ނަމަވެސް ފިލްމުގައި ކުޅޭ ކެރެކްޓާ ވަރަށް ރަނގަޅަށް ސްކްރީނަށް ގެނެސްދެމުން އަންނަ އެކްޓަރެއްގެ ގޮތުގައެވެ.

ދާދިފަހުން ރިލީޒްކޮށް އާއްމުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމު "ހައްގު"ގެ މަންޒަރެއްގައި އިމްރާން އާއި ފިލްމުގެ ބަތަލާ ޔާމީ--ފޮޓޯ/ފިލްމުފެއަ

އިމްރާން ބުނިގޮތުގައި އޭނާ ކުޅުނު ފިލްމު "ޑާޓީ ޕިކްޗާ" އަކީ ވެސް އެކްޓަރުގެ މާބޮޑު ރޯލެއް ނެތް ފިލްމެއް ކަމަށެވެ. ނަމަވެސް އެއީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ކަމަށާއި ފިލްމުގައި އޭނާ ކުޅުނު ރޯލަށް އެއްބަސްވީ ވަރަށް ބޮޑަށް އެ ކެރެކްޓާ ކަމުދިޔުމުން ކަމަށެވެ.

ފަހުން އިމްރާން މުހިއްމު ރޯލްތަކުން ފެނުނު ފިލްމުތައް ކަމަށްވާ ""ގްރައުންޑް ޒީރޯ" އަދި "ދެ ކޯލް ހިމް އޯޖީ"ގެ އިތުރުން ވެބް ސީރީސް "ބާޑް އޮފް ދަ ބްލަޑް"، "ޝޯޓައިމް"، "ދަ ބޭޑްސް އޮފް ދަ ބޮލީވުޑް" އަދި އިއްޔެ ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފެށި "ތަސްކަރީ: ދަ ސްމަގްލަސް ވެބް"ގައި އެކްޓަރު ކުޅެފައިވާ ކެރެކްޓާއަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ދާދިފަހުން ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފެށި ފިލްމު "ހައްގު"އަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ބެލުމަށްފަހު ގިނަ ބަޔަކު ވަނީ އެ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ހަމައެއާއެކު ފިލްމުގައި ބަތަލަ ޔާމީ އަދި އިމްރާން ގެނެސްދިން ކެރެކްޓާގެ ޕާފޮމެންސަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

އިމްރާން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ޖޫން މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމު "އާވާރާޕަން 2"އިންނެވެ.