31 Aug 2012, 14:24
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ތަހުގީގު ކުރުމަށް ފަހު ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އިން ނެރެފައިވާ ރިޕޯޓު މަޖިލީހުގެ ހުރިހާ މެންބަރުންނަށް ފޮނުވުމަށް މަޖިލީހުގެ ރައީސް ނިންމަވައިފި އެވެ.
މަޖިލީހުގެ އިދާރާ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ކޯނީގެ ރިޕޯޓު އިއްޔެ ހެނދުނު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް މަޖިލީހުގެ ރައީސަށް ފޮނުވުމުން މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރިޕޯޓު ފޮނުވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނަނީ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއާއި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ވެސް އެ ރިޕޯޓު ފޮނުވުމަށް މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށެވެ.