31 Aug 2012, 13:51
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) އާއި އެކު 39 މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހުޅުޖެހި މައްސަލައިގެ ޝަރީއަތް އަންނަ މަހުގެ 10 ވަނަ ދުވަހަށް ޝެޑިއުލް ކޮށްފި އެވެ.
މޯޑުގެ އިތުރުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެންބަރު ސ. ފޭދޫ މަގުމަތީގޭ އަހުމަދު މިރުޒާދު (މީރާ) ވެސް ހިމެނެ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ 40 މީހުންގެ މައްސަލަ ވެސް ޝެޑިއުލްކޮށްފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހަށް ކަމަށެވެ.
މަނިކު ވިދާޅުވީ އެ އެންމެންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ އައްޑޫ ސިޓީގެ އެކިއެކި ތަންތާގައި ހުޅުޖަހާ ތަންތަނަށް ގެންލުންދިނުމުގެ ކުށުގެ ތުހުމަތުގައި ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އައްޑޫގައި ހުޅުޖެހި ކަމަށް ތުހުމަތު ކުރެވޭ އިތުރު ބައެއްގެ މައްސަލަތައް ވެސް އެ އޮފީހަށް ހުށަހެޅިފައިވާ ކަމަށެވެ.