30 Aug 2012, 23:49
ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ އަދި އަޔެކްސް އެމްސްޓެޑަމް އެއް ގްރޫޕެއްގައި ވާދަ ކުރަން ޖެހިއްޖެ އެވެ.
ފްރާންސްގެ މޮނާކޯގައި ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށް ނުވަ މިލިއަން ލިބޭ މުބާރާތުގައި މި ތިން ޓީމު ހިމެނުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޑްމުންޑާއެކު ގްރޫޕް ޑީގަ އެވެ. މިއީ މުބާރާތުގެ އެންމެ ވަރުގަދަ ގްރޫޕް ވެސްމެ އެވެ.
ޗެމްޕިއަން ޗެލްސީ ހިމެނުނީ އިޓަލީގެ ޔުވެންޓަސްއާ އެއްގްރޫޕެއްގަ އެވެ. ބާސެލޯނާ ހިމެނުނީ ޕޯޗުގަލްގެ ބެންފީކާއާ އެއްގްރޫޕެއްގަ އެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ފިޔަވަހީގެ މެޗުތައް ފަށާނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.
ގްރޫޕް އޭ:
އެފްސީ ޕޯޓޯ، ފޯޗުގަލް،
ޑީނަމޯ ކިއޭވް، ޔުކްރައިން،
ޕީއެސްޖީ، ފްރާންސް
ޑީނަމޯ ޒެގްރަބް، ކްރޮއޭޝިޔާ
ގްރޫޕް ބީ:
އާސެނަލް، އިންގްލޭންޑް
ޝާލްކޭ، ޖާމަނީ
އޮލިމްޕިއާކޯސް، ގްރީސް
މޮންޓެޕެއްލިއާ، ފްރާންސް
ގްރޫޕްސީ:
އޭސީމިލާން، އިޓަލީ
ޒެނިތްޕީޓަސްބާގް، ރަޝިއާ
އަންޑަލެކްޓް، ބެލްޖިއަމް
މަގަލާ، ސްޕޭން
ގްރޫޕް ޑީ:
ރެއާލް މެޑްރިޑް، ސްޕޭން
މެންޗެސްޓާ ސިޓީ، އިންގްލޭންޑް
އަޔެލްސް، ހޮލެންޑް
ބޮރޫޝިއާ ޑޯޑްމުންޑް، ޖާމަނީ
ގްރޫޕްއީ:
ޗެލްސީ، އިންގްލޭންޑް
ޝަކްޓާ ޑޮނެސްޓް، ޔުކްރައިން
ޔުވެންޓަސް، އިޓަލީ
އެފްސީ ނޯޑް، ޑެންމާކް
ގްރޫޕް އެފް:
ބަޔާންމިއުނިކް، ޖާމަނީ
ވެލެންސިއާ، ސްޕޭން
ލިއްލެ، ފްރާންސް
އެފްސީ ބޮރިސޯވް، ބިލާރުސް
ގްރޫޕް ޖީ:
ބާސެލޯނާ، ސްޕޭން
ބެންފީކާ، ޕޯޗުގަލް
ސްޕާޓަކް މޮސްކޯ، ރަޝިޔާ
ސެލްޓިކް، ސްކޮޓްލޭންޑް
ގްރޫޕް އެޗް:
މެންޗެެސްޓާ ޔުނައިޓެޑް، އިންގްލޭންޑް
ބްރާގާ، ޕޯޗުގަލް
ގްލަޓަސަރާއީ، ތުރުކީ
ސީއެފްއާރު ކްލޫޖް، ރޫމޭނިއާ