30 Aug 2012, 23:07
ނޫސްވެރިންގެ މެދުގައި ނެގި ވޯޓަކުން ހުސްވި ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ސްޕޭނުގެ ބާސެލޯނާގެ އަންދްރޭސް އިނިއެސްޓާ ހޮވައިފި އެވެ.
އޭނާ އަށް މި މަގާމު ލިބުނީ ޗެމްޕިއަންސް ލީގުގެ ގުރުނެގުމަށް ފްރާންސްގެ މޮނާކޯގައި މިރޭ ބޭއްވި ރަސްމިއްޔާތަށް ފަހު މުޅި ދުނިޔެ އަށް ވަގުތުށް ދައްކަންމުން ނެގި ވޯޓުންނެވެ. އިނިއެސްޓާ އަށް 19 ވޯޓު ލިބުނުއިރު ހުސްވި އަހަރު މި މަގާމު ހޯދި ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލިއޮނަލް މެސީ އަށް ލިބުނީ 17 ވޯޓެވެ. މި އަދަދަށް ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވެސް ވޯޓު ލިބުނެވެ.
މި މަގާމު އެންމެ ހައްގީ އިނިއެސްޓާ އާއި ބާސެލޯނާ ޒަވީކުރެ ކުޅުންތެރިއަކަށް ކަމަށް މެސީ ވަނީ ވޯޓުގެ ކުރިން ބުނެފަ އެވެ.
2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕޭނަށް ހޯދައިދޭން ހޮލެންޑް ކޮޅަށް ފައިނަލުގައި ލަނޑު ޖެހި 28 އަހަރުގެ އިނިއެސްޓާ އަކީ މިއަހަރުގެ ޔޫރޯ ސްޕޭނަށް ކާމިޔާބުކޮށްދިން ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ. އަދި އޭނާ އަކީ ޔޫރޯގެ މޮޅު ކުޅުންތެރިޔާވެސްމެ އެވެ.