12 Jan 2026, 10:38

ވާދަވެރި ރެއާލް މެޑްރިޑު ބަލިކޮށް ސްޕެނިޝް ސުޕަ ކަޕުގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ދެޓީމުގެ ފަރާތުން ފެނުނީ އަވަސް، ރީތި އަދި ބަލާހިތްވާ މޮޅު ކުޅުމެކެވެ. ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެއް ބާސެލޯނާއިން ކުޅުނު ނަމަވެސް، ރެއާލުން ދިޔައީ ކައުންޓަރ އެޓޭކުތަކާއި ލިބުނު މަދު ފުރުސަތުތަކުގައި
ބާސެލޯނާއިން މެޗުގައި ލީޑުނެގީ 36 ވަނަ މިނިޓުގައެވެ. މިއީ އެ ޓީމުގެ ބްރެޒިލް ތަރި ރަފީނިއާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެކުރިންވެސް ރަފީނިއާއަށް ލަނޑުޖަހާނެ ފުރުސަތެއް ލިބުނު ނަމަވެސް އޭގެ ބޭނުމެއް ނުހިފުނެވެ.
ފުރަތަމަ ހާފު ބާސެލޯނާއިން ލީޑުގައި އޮވެ ނިންމާލަން ދަނިކޮށް ރެއާލުން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނިޓުގެ ތެރޭގައި ލަނޑުޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަރި ވިނީޝަސް ޖޫނިއާއެވެ. މިއީ އޭނާ އެކަނިމާ އެކަނި ކުރި މަސައްކަތުން ކާމިޔާބުކުރި ލަނޑެކެވެ.
އެންމެ ފަހުން ވިނީޝަސްއަށް ލަނޑެއް ޖެހުނީ މިދިޔަ އަަހަރުގެ އޮކްޓޯބަރުގެ ތެރޭގައެވެ. ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް މި މެޗުގައި ވިނީޝަސް ޖެހި ލަނޑާއެކު އެ ފާޑުކިޔުންތަކަށް ހުއްޓުމެއް ގެނެސްފައެވެ.

ކެޕްޝަން..
ބާސެލޯނާއިން ދެވަނަ ފަހަރަށް ލީޑުނެގީ ވިނީޝަސް މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. މި ލަނޑު ޖެހީ އުމުރުން 37 އަހަރުގެ ފޯވާޑް ރޮބަޓް ލެވަންޑޮސްކީއެވެ.
އޭގެ ތިން މިނެޓުފަހުން، ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލް އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ރޮޑްރީގޯ ނަގައިދިން ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގޮންޒާލޯ ގާސިއާއެވެ.
މެޗުން ބާސެލޯނާ މޮޅުވި ލަނޑު 73 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ރަފީނިއާއެވެ. އެއާއެކު ރެއާލުން ވަނީ މި ލަނޑު ޖެހިތާ ތިން މިނިޓުފަހުން އަނިޔާގައި ހުރި އެމްބާޕޭ ކުޅެން އަރުވާފައެވެ. އޭޣެފަހުން ހަމަލާތައް ވަރުގަދަވި ނަަމަވެސް ގޯލެއް ޖެހޭގޮތެއް ނުވިއެވެ.
މިއީ ސްޕެނިޝް ސުޕަ ކަޕުގެ ތަށި ބާސެލޯނާއިން އުފުލާލި 16 ވަނަ ފަހަރެވެ. އެންމެ ފަހުން ބޭއްވި ސުޕަ ކަޕުގެ ޗެމްޕިއަންކަންވެސް ހޯދީ ބާސެލޯނާއިންނެވެ.