މެންޗެސްޓާ ޔުނައިޓެޑްގައި ހުރީ އުފަލުގައިކަމަށް ނެދަލެންޑްސްގެ ފޯވާޑް ރޮބިން ވެން ޕާސީ ބުނެފި އެވެ.

އާސެނަލް އިން 24 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ވިއްކާލި ވެން ޕާސީ ވަނީ ކްލަބާ އެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. މި ކޮންޓްރެކްޓުގެ ދަށުން އުމުރުން 29 އަހަރުގެ ފޯވާޑަށް މުސާރައިގެ ގޮތުގައި އަހަރަކު 12.2 މިލިއަން ޔޫރޯ ލިބޭނެކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ޔުނައިޓެޑްގައި މިހިރީ އުފަލުގައި. މިޓީމަކީ ގިނަ ފެންވަރުތަކެއް ހުރި ޓީމެއް. އަހަރެން އިންތިޒާރުކުރަމުން މިދާ ކާމިޔާބީތައް ޔުނައިޓެޑުން ލިބޭނެކަމަށް އުންމީދުކުރަން. މިޓީމަކީ އެފަދަ ކާމިޔާބީއެއް ހޯދިދޭނެ ފެންވަރު ހުރި ޓީމެއް. މޮޅެތި ކުޅުންތެރިންތަކެއް އެކުލެވޭ ޓީމެއް." ވެން ޕާސީ ބުންޏެވެ.

މިދިޔަ ސީޒަނުގައި އާސެނަލްއަށް ކުޅެމުން 37 ލަނޑު ކާމިޔާބުކޮށް، ޕްރެމިއާ ލީގުގެ ރަން ބޫޓް ހާސިލްކުރި ވެން ޕާސީ ވަނީ ޔުނައިޓެޑަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ކާމިޔާބުކޮށްފަ އެވެ.